ޢަލީ ރަޝީދު ޙުސައިން

(08 ސެޕްޓެންބަރު 2020 އިންފެށިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)

ޢަލީ ރަޝީދު ޙުސައިން

ޢަލީ ރަޝީދު ޙުސައިން އުފަންވެ ވަޑައިގެންފައިވަނީ 1974 ޖުލައި 06 ވަނަ ދުވަހު ވ.ކެޔޮދުއަށެވެ. މަންމަ ފަރާތުގެ ޢާއިލާ ނިސްބަތްވަނީ ގއ.ވިލިގިއްޔަށެވެ. ބައްޕަ ފަރާތުގެ ޢާއިލާ ނިސްބަތްވަނީ ފ. ބިލަތްދުއަށެވެ. ޢަލީ ރަޝީދު ޙުސައިން އަކީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލު ކުރައްވާފައިވާ ބޭފުޅެކެވެ. މިގޮތުން 2002 ވަނަ އަހަރު މިސުރުގެ އަލްއަޒުހަރު ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުން ބެޗްލާސް ޑިގްރީ ހާޞިލު ކުރައްވާފައިވެއެވެ. އަދި 2006 ވަނަ އަހަރު އެމެރިކަން އޯޕަން ޔުނިވަރސިޓީގައި މާސްޓަރ އޮފް ޝަރީޢާ ހައްދަވާފައިވެއެވެ. އަދި މިސުރުގެ ދާރުލް އިފްތާގައި ޝަރުޢީ ކަންކަމުގައި ފަތުވާދިނުމުގެ އެއްއަހަރުދުވަހުގެ ޓްރޭނިން ޕޮރްގްރާމެއް ހައްދަވާފައިވެއެވެ. މީގެއިތުރުން ޝަރުޢީ ދާއިރާގެ މަސައްކަތްތަކާއި ގުޅުންހުރި ތަފާތު އެކި ޓްރޭނިންތައް އެކިގައުމުތަކުގައި ހައްދަވާފައިވެއެވެ. އެމަނިކުފާނު ދިވެހިރާއްޖޭގެ އެކި ކޯޓުތަކުގައި 05 މާރޗް 2007 އިން ފެށިގެން މެދުނުކެނޑި ޤާޟީކަން ކުރައްވާފައިވެއެވެ. އަދި ދިވެހި ރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ (ކުރީގެ ކުއްލިޔަތުއް ދިރާސާތިލް އިސްލާމިއްޔާ) ގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ ގައި 2007 އިން ފެށިގެން މެދުނުކެނޑި ޤާނޫނީ އަދި ޝާރުޢީ ގިނަ މާއްދާތަކެއް ކިޔަވައި ދެއްވަމުން ގެންދަވާފައިވެއެވެ. އަދި 2017 އިން ފެށިގެން ވިލާ ކޮލެޖްގައި ޤާނޫނީ އަދި ޝަރުޢީ ގިނަ މާއްދާތަކެއް ކިޔަވައި ދެއްވަމުން ގެންދަވާފައިވެއެވެ. އަދި އިންސާނީ ޙައްޤުތަކާއި ޖިނާއީ އިޖުރާއާތުގެ ޓްރޭނިންގ ޕްރްގްރާމްތަކެއް ޤާޟީންނާއި ޤާނޫނީ ވަކީލުންނާއި ފުލުހުންނާއި ޖަލުގެ އޮފިސަރުންނަށް އެކި ދުވަސްވަރު ހިންގަވާފައިވެއެވެ. މީގެއިތުރުން ޝަރުޢީ ދާއިރާއާއި ގުޅުންހުރި ބައެއް ޤާނޫނުތަކާއި ވަރަށް ގިނަ ޤަވާޢިދުތަކެއް ޑްރާފްޓްކުރުމުގެ މަސައްކަތުގައި އެމަނިކުފާނު ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފައިވެއެވެ.
ކުރިން އަދާކުރައްވާފައިވާ ވަޒީފާތަކާއި ބެހޭ މަޢުލޫމާތު
- 05 މާރިޗު 2007 އިން 04 އެޕްރީލް 2011، ޤާޟީ، ކްރިމިނަލް ކޯޓު (ޖިނާއީ ކޯޓު)
- 04 އެޕްރީލް 2011 އިން 27 އޮކްޓޫބަރު 2013، ޤާޟީ، ސިވިލް ކޯޓު
- 27 އޮކްޓޫބަރު 2013 އިން 21 ފެބުރުވަރީ 2015، އިސް ޤާޟީ، ސިވިލް ކޯޓު
- 21 ފެބުރުވަރީ 2015 އިން 01 މާރިޗު 2019، ޤާޟީ، ޑްރަގް ކޯޓު
- 01 މާރިޗު 2019 އިން 08 ސެޕްޓެމްބަރ 2020، ޤާޟީ، ކްރިމިނަލް ކޯޓު