އ.ދ. ގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑައިރެކްޓަރޭޓް (ސީޓެޑް) ގެ ލީގަލް އޮފިސަރ އެންޑް ޑެސްކް އޮފިސަރ ފޮރ ސައުތު އޭޝިއަން ސްޓޭޓްސް، މިސް އެޑްރިއާ ދި ލެންޑްރިއާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

08 އޮކްޓޫބަރު 2019   ޢާއްމު , ޚަބަރުތައް  

އ.ދ. ގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑައިރެކްޓަރޭޓް (ސީޓެޑް) ގެ ލީގަލް އޮފިސަރ އެންޑް ޑެސްކް އޮފިސަރ ފޮރ ސައުތު އޭޝިއަން ސްޓޭޓްސް، މިސް އެޑްރިއާ ދި ލެންޑްރިއާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

އ.ދ. ގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީ އެގްޒެކެޓިވް ޑައިރެކްޓަރޭޓް (ސީޓެޑް) ގެ ފަރާތުން ޓެރަރިޒަމްގެ ނުރައްކަލާ ގުޅޭގޮތުން މަޝްވަރާކޮށް، އެ ކޮމިޓީގެ ޤަރާރުތައް ތަންފީޒު ކުރެވޭ މިންވަރު ބެލުމަށްޓަކައި ވަޑައިގެން އުޅުއްވާ ލީގަލް އެންޑް ކްރިމިނަލް ޖަސްޓިސް ޓީމްގެ ލީގަލް އޮފިސަރ އެންޑް ޑެސްކް އޮފިސަރ ފޮރ ސައުތު އޭޝިއަން ސްޓޭޓްސް، މިސް އެޑްރިއާ ދި ލެންޑްރިއާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރު އެކުލެވިފައިވާ ގޮތާއި، ފަނޑިޔާރުންގެ ޢިލްމާއި ޤާބިލްކަން އިތުރުކުރުމަށް ހުރި ފުރުޞަތުތަކާ ގުޅޭގޮތުން މަޢުލޫމާތު ޙިއްޞާކުރެވުނެވެ. އަދި ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުން އަންނަ ޖިނާޢީ އިޖުރާއަތުގެ އުސޫލުތަކާ ގުޅޭގޮތުންނާއި ހެކިންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމުގައި މިހާރު ޢަމަލުކުރެވޭ އުޞޫލުތަކާއި، ހުރި ގޮންޖެހުންތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ. އަދި މީގެއިތުރުން ޢަދުލު އިންސާފުގެ ނިޒާމަކީ މިނިވަން މުސްތަގިއްލު ނިޒާމަކަށް ހެދުމަށްޓަކައި ހުރި ގޮންޖެހުންތަކާއި، އެކަންކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ވާހަކަދެކެވުނެވެ.


މިއަދު 10:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ލީގަލް އޮފިސަރ ފާޠިމަތު ޔުމްނާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ރައުފާ ހައިދަރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.