ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ސައިޓޭޝަން ނަންބަރު ދިނުމާގުޅޭ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

04 ޖެނުއަރީ 2021   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ސައިޓޭޝަން ނަންބަރު ދިނުމާގުޅޭ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

2021 ވަނަ އަހަރުން ފެށިގެން ސުޕްރީމް ކޯޓުގައި މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭ މައްސަލަތަކަށް ދެވޭ ޤަޟިއްޔާ ނަންބަރު (Docket Number) ގެ އިތުރުން، އެ މައްސަލަ ނިންމައި ޙުކުމްކުރާ ތަރުތީބުން އެ މައްސަލައަށް ސައިޓޭޝަން ނަންބަރު ދިނުމަށް ހަމަޖެހިފައިވާކަން ބަޔާންކޮށް މިއަދު ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފިއެވެ.

މިގޮތުން، ޤާނޫނީ ލިޔުންތަކުގައި ނުވަތަ ހުށަހެޅޭ މައްސަލަތަކާ ގުޅިގެން، ހަވާލާދެވޭ ސުޕްރީމް ކޯޓުގެ މައްސަލައަކީ ސުޕްރީމް ކޯޓުން ސައިޓޭޝަން ނަންބަރު ދީފައިވާ މައްސަލައެއް ކަމަށްވާނަމަ، އެ މައްސަލައަށް ދެވިފައިވާ ސައިޓޭޝަން ނަންބަރު އެ ޤަޟިއްޔާގެ ނަމުގެ ފަހަތަށް ހިމަނަންވާނެކަމަށް މި ޕްރެކްޓިސް ޑައިރެކްޝަންގައި ބަޔާންކޮށްފައިވެއެވެ.

 

Practice Direction SCPD-01-2021