ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ޕްރެކްޓިސް ސްޓޭޓްމަންޓެއް ނެރެފި

08 ސެޕްޓެމްބަރ 2020   ޚަބަރުތައް  

ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ޕްރެކްޓިސް ސްޓޭޓްމަންޓެއް ނެރެފި

ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިނުގެންފިނަމަ، ސުޕްރީމް ކޯޓުގައި އެކަން އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބަލައި ހިންގުމުގައި ޢަމަލުކުރަމުންއައި އިޖުރާއަތަށް ބަދަލުގެނައުމާ ގުޅޭ ޕްރެކްޓިސް ސްޓޭޓްމަންޓެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ޢާންމުކޮށްފިއެވެ. ސުޕްރީމް ކޯޓުގައި ޢަމަލުކުރެވޭ އުސޫލުތަކާއި، ސުޕްރީމް ކޯޓުގެ އުސޫލުތަކަށް ގެނެވޭ ބަދަލުތަކާއި، އަދި ސުޕްރީމް ކޯޓާ ގުޅުންހުރި އިދާރީ ކަންކަން ޢާންމުކުރުމަށް ހަމަޖެހިފައިވަނީ ޕްރެކްޓިސް ސްޓޭޓްމަންޓް މެދުވެރިކޮށެވެ. މިގޮތުން، މިއަދު ޢާންމުކޮށްފައިވާ ނަންބަރު SCPS-01/2020 ޕްރެކްޓިސް ސްޓޭޓްމަންޓަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރޭ ފުރަތަމަ ޕްރެކްޓިސް ސްޓޭޓްމަންޓްއެވެ.
މިއަދު މިގެނެވުނު ބަދަލަކީ، ޝަރުޢީ މަރުޙަލާތަކުގެ ތެރޭގައި މައްސަލަތައް ނުހިންގި ލަސްވުމުގެ ސަބަބުން ޢަދުލު އިންޞާފު ލިބުން ލަސްވަމުންދާތީއާއި، ކޯޓުތަކުގެ ޙުކުމްތައް ތަންފީޒުކުރުން އަވަސްކުރުމުގެ ގޮތުންނާއި، އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާދެއްކުން ގަސްތުގައި ލަސްކުރުމުގެ ބޭނުމުގައި ޝަރުޢީ މަރުޙަލާތަކުގެ ބޭނުން ނަހަމަގޮތުގައި ހިފުން ހުއްޓުވުމުގެ ގޮތުން، ހައިކޯޓަށް ހުށަހަޅާ އިސްތިއުނާފުގެ މައްސަލަ ހައިކޯޓުން ބަލައިނުގަތުމުން އެ މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭ ޙާލަތުގައި އެ މައްސަލަތައް ސުޕްރީމް ކޯޓުގައި ހިންގުމުގައި ޢަމަލުކުރަމުންއައިގޮތަށް ގެނެވުނު ބަދަލެކެވެ.
ގެނެވިފައިވާ ބަދަލުތައް ވިދާޅުވުމަށް: