ޝަރުޢީ ދާއިރާގެ ދިދަ އިފްތިތާޙުކުރައްވައިފި

18 ސެޕްޓެންބަަރު 2009   ޚަބަރުތައް  

ޝަރުޢީ ދާއިރާގެ ދިދަ އިފްތިތާޙުކުރައްވައިފި

ޢަދުލު އިންސާފު ޤާއިމްކުރުމުގެ ދާއިރާ ރަމްޒުކޮށްދޭ ދިދައެއް ފާސްކުރުމަށްއެދި، ފަނޑިޔާރުން ހުށަހެޅުއްވި ހުށަހެޅުއްވުމަކާ ގުޅިގެން 2009 ސެޕްޓެމްބަރު 03 ވަނަ ދުވަހު ބޭއްވުނު ޖުޑީޝަލް ކައުންސިލުގެ ބައްދަލުވުމުގެ ވަރަށް ފުރިހަމަ އަޣުލަބިއްޔަތެއް ލިބިގެން ދިދައެއް ފާސްކޮށް، ޝަރުޢީ ދާއިރާގެ ދިދަ އިފްތިތާޙުކުރުމުގެ ހަފްލާއެއް 2009 ސެޕްޓެމްބަރު 18 ވީ ހުކުރުދުވަހު ސުޕްރީމް ކޯޓުގައި ބާއްވައިފިއެވެ.
ޝަރުޢީ ދާއިރާގެ ދިދަ އިފްތިތާޙުކޮށްދެއްވުމުގެ ގޮތުން ތީމުގޭގައި ފުރަތަމަ ފަހަރަށް ޝަރުޢީ ދާއިރާގެ ދިދަ ނަންގަވައިދެއްވާފައިވަނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ސަޢީދެވެ.
ޝަރުޢީ ދާއިރާގެ ދިދަ އެކުލެވިގެންވަނީ، ދިގުއަކައެއްގެ މައްޗަށް، އަކައިގެ މަތީގައި ފެހިކުލަ އަދި އަކައިގެ މެދުގައި ހުދުކުލަ، އަދި އަކައިގެ ތިރީގައި ރަތްކުލަ ހުންނަ ގޮތަށެވެ. އަދި ދިދައިގައި ހުދުކުލައިގެ 3 ތަރިއާއި ކަޅުކުލައިގެ ތިލަފަތެއްވެސް ހިމެނެއެވެ.
ޝަރުޢީ ދާއިރާގެ ދިދަ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތަށް ޝަރުޢީ ކޯޓުތަކުގެ ބޭފުޅުން ޙާޟިރުވެވަޑައިގެންނެވިއެވެ.