އެކްސެސް ޓު ޖަސްޓިސް" ހިންގުމަށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ކޮންސަލްޓަންޓް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

13 އެޕްރީލް 2009   ޚަބަރުތައް  

އެކްސެސް ޓު ޖަސްޓިސް" ހިންގުމަށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ކޮންސަލްޓަންޓް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

އެކްސެސް ޓު ޖަސްޓިސް" ނުވަތަ ޢަދުލު އިންސާފަށް ވާސިލުވުމުގައި ދިމާވާ މައްސަލަތައް ޙައްލުކުރެއްވުމަށް ޔޫ.އެން.ޑީ.ޕީ. އާއި ގުޅިގެން ހިންގާ މަޝްރޫއަށް ކަނޑައަޅާފައިވާ އިންޓަނޭޝަނަލް ކޮންސަލްޓަންޓް، ކިޝާލީ ޕިންޓޯ ޖަޔަވަރުދަނާ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދު އާއި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ 13 އޭޕްރިލް 2009 ވީ ހޯމަ ދުވަހު 14:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައެވެ. މިބައްދަލުވުމުގައި ޢަދުލު އިންސާފު ޤާޢިމުކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް އެކަމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. މިގޮތުން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމަކީ މިނިވަން އަދި މުސްތަޤިއްލު ނިޒާމެއްކަމުގައި ހެދުމަށް ބޭނުންވާނެ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.