އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު

(04 ސެޕްޓެންބަރު 2019 އިން ފެށިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަޤާމުގައި)

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު އުފަންވެ ވަޑައިގެންނެވީ 23 ޑިސެމްބަރ 1977 ވަނަ ދުވަހު ކ. މާލެ އަށެވެ. އެކަމަނާ ވަނީ ސްރީލަންކާގެ ރޯޔަލް އިންސްޓިޓިއުޓްގައި ޔުނިވަރސިޓީ އޮފް ލަންޑަންގެ އެކްސްޓަރނަލް ޕްރޮގްރާމްގެ ދަށުން ޤާނޫނީ ދާއިރާއިން ބެޗްލަރ އޮފް ލޯސް (އޮނަރސް) ފުރިހަމަ ކުރައްވާ، އޮސްޓްރޭލިއާގެ ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިޔާއިން މާސްޓަރ އޮފް ލޯސް ޙާޞިލްކުރައްވާފައެވެ. އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަޤާމަށް ޢައްޔަން ކުރެވުނީ 04 ސެޕްޓެންބަރު 2019 ގައެވެ.
އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ދައުލަތަށް ޚިދުމަތް ކުރައްވަން ފައްޓަވާފައިވަނީ 12 ފެބްރުއަރީ 1997 ގައެވެ. އެކަމަނާ ފުރުއްވާފައިވާ މަޤާމްތަކުގެ ތެރޭގައި ޖަސްޓިސް މިނިސްޓްރީއާއި ކުޑަކުދިންނާބެހޭ ކޯޓުގެ އެސިސްޓަންޓް ލީގަލް އޮފިސަރުކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑެޕިއުޓީ ޑިރެކްޓަރ ލީގަލް އެފެއަރސްގެ މަޤާމް ހިމެނެއެވެ. އެކަމަނާއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޢައްޔަންކުރެވުނު ދެ އަންހެން ފަނޑިޔާރުންގެ ތެރެއިން އެއް ފަނޑިޔާރެވެ. މިގޮތުން 11 ޖުލައި 2007 ވަނަ ދުވަހު އެކަމަނާ މަދަނީ ކޯޓުގެ ޤާޟީ ކަމުގެ މަޤާމަށް ޢައްޔަން ކުރެވުނެވެ. 20 ފެބްރުއަރީ 2008 އިން ފެށިގެން 20 ޖަނަވަރީ 2009 ހަމަޔަށް ކިޔަވާވިދާޅުވުމަށްޓަކައި ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމުން، 21 ޖަނަވަރީ 2009 ގައި ދެވަނަ ފަހަރަށް މަދަނީ ކޯޓުގެ ޤާޟީގެ މަޤާމަށް އެކަމަނާ އައްޔަންކުރެވުނެވެ. އޭގެފަހުން،31 ޑިސެމްބަރ 2014 ވަނަ ދުވަހު އެ މަޤާމުން އިސްތިޢުފާ ދެއްވުމާ ހަމައަށް، މެދުކެނޑުމެއްނެތި މަދަނީ ކޯޓުގައި، އަދި ސިވިލް ކޯޓު އުފެދުމުން ސިވިލް ކޯޓުގައި އެކަމަނާ މަސައްކަތް ކުރައްވާފައިވެއެވެ. އޭގެފަހުން، 2015 އިން ފެށިގެން އެކަމަނާ މަސައްކަތްކުރައްވާފައިވަނީ ނަޝީދު އެންޑް ކޯ ލޯ ޕްރެކްޓިސްގެ އެސޯސިއޭޓް ޕާޓްނަރގެ ގޮތުގައެވެ. މީގެއިތުރުން، ޢާއިޝާ ޝުޖޫން މުޙައްމަދަކީ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ޤާނޫނީ ވަކީލުންގެ ކަންކަން މޮނީޓަރކުރުމަށް 2019 ވަނަ އަހަރު އުފެދުނު ދިވެހިރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް އިންތިޚާބުވެވަޑައިގަތް މެންބަރެކެވެ. އަދި އަނިޔާވެރި ޢަމަލުތަކާއި ދެކޮޅަށް މަސައްކަތްކުރާ އ.ދ. ގެ ސަބް-ކޮމެޓީ (އެސްޕީޓީ) އަށް އިންތިޚާބުވެވަޑައިގެންނެވުމާއެކު، އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ވެގެންދިޔައީ އ.ދ. ގެ ޓްރީޓީ ބޮޑީއަކަށް އިންތިޚާބުވި ފުރަތަމަ ދިވެހި ރައްޔިތަށެވެ. އެކޮމެޓީގެ މެންބަރުކަން 2011 އިން ފެށިގެން 2018 ވަނަ އަހަރުގެ ނިޔަލަށް ފުރުއްވި މުއްދަތުގައި، އެކަމަނާއަކީ އެ ކޮމިޓީގެ ވައިސް ޗެއަރޕަރސަން ފޯ ޖުރިސްޕުރުޑެންސް އަދި ރެޕަޓުއަރ ވެސްމެއެވެ.


އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ ބައިނަލްއަޤްވާމީ މައިދާންތައް؛
- 2007 ވަނަ އަހަރު ޖެނެވާގައި ބޭއްވުނު އދ. ގެ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ކޮމިޓީގެ 45 ވަނަ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންގެ މެންބަރުކަން.
- 2007 ވަނަ އަހަރު ނިއު ޔޯކުގައި ބޭއްވުނު އދ. ގެ އަންހެނުންނާދެމެދު ކުރެވޭ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރާ ކޮމިޓީގެ 37 ވަން ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންގެ މެންބަރުކަން.
- 2004 ވަނަ އަހަރު އދ. ގެ އިންސްޓިޓިއުޓް ފޯ ޓްރެއިނިންގ އެންޑް ރިސަރޗްއިން ހިންގި، "ރީޖަނަލް ފެލޯޝިޕް ޕްރޮގްރާމް އިން އިންޓަނޭޝަނަލް ލޯ ފޯ ކަންޓްރީސް ފްރޮމް އޭޝިއާ" ގެ ފެލޯ އެއް.
- 2000 ވަނަ އަހަރު ނިއު ޔޯކުގައި ބޭއްވުނު، 23 ވަނަ "ސެޕަޝަލް ސެޝަން އޮފް ދަ ޔުނައިޓަޑް ނޭޝަންސް ޖެނެރަލް އެސެމްބްލީ – ވުމަން 2000: ޖެންޑަރ އީކުއަލިޓީ، ޑިވަލޮޕްމަންޓް އެންޑް ޕީސް ފޯ ދަ ޓުވެންޓީފަސްޓް ސެންޗަރީ"  ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޑެލިގޭޝަންގެ މެންބަރުކަން

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ބައިވެރިވެވަޑައިގެންނެވި ސެމިނާރތަކާއި ވޯރކްޝޮޕްގެ ތެރޭގައި؛
- ފަނޑިޔާރުކަމުގެ ތަފާތު ކޮންފެރެންސްތަކާއި، ސެމިނާރތައް އަދި ވޯރކްޝޮޕްތައް.
- އެކްސެސް ޓު ޖަސްޓިސް އާ ގުޅޭ ތަފާތު ކޮންފެރެންސްތަކާއި، ސެމިނާރތައް އަދި ވޯރކްޝޮޕްތައް.
- ޕަބްލިކް އިންޓަނޭޝަނަލް ލޯގެ ކޮންފެރެންސްތަކާއި، ސެމިނާރތައް އަދި ވޯރކްޝޮޕްތައް.
- އެންވާރަމަންޓަލް ޖަސްޓިސް އަދި އެންވާރަމަންޓަލް ލޯގެ ކޮންފަރެންސްތަކާއި ވޯރކްޝޮޕްތައް.
- "ލޯ އޭޝިއާ" ގެ ކޮންފަރެންސްތައް.
- ކޮމަންވެލްތް ލޯޔަރސް އެސޯސިއޭޝަންގެ ކޮންފަރެންސްތައް.
- ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ގުޅޭ ތަފާތު ކޮންފެރެންސްތަކާއި، ސެމިނާރތައް އަދި ވޯރކްޝޮޕްތައް.
- ޖެންޑަރ އީކުއަލިޓީ އާގުޅޭ ކޮންފެރެންސްތަކާއި، ސެމިނާރތައް އަދި ވޯރކްޝޮޕްތައް.
- ޕްރޮޖެކްޓް ފޯމިއުލޭޝަން އެންޑް އިމްޕްލިމެންޓޭޝަންއާ ގުޅޭ ވޯރކްޝޮޕްތައް.

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ހިންގަވާފައިވާ ނުވަތަ މަޢުލޫމާތު ދެއްވާފައިވާ ތަމްރީން ޕްރޮގްރާމްތަކުގެ ތެރޭގައި؛
- ކޯޓުތަކުގެ މުވައްޒަފުންނަށް ހިންގޭ އެކި ބާވަތްތަކުގެ ތަމްރީން ޕްރޮޤްރާމްތައް.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިންސާނީ ހައްޤުތަކާ ގުޅޭގޮތުން، ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ހިންގާފައިވާ ތަމްރީން ޕްރޮގްރާމްތަކާއި ވޯރކްޝޮޕްތައް.
- އާއިލީ އަދި ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމާ ގުޅޭގޮތުން، ޑިޕާޓްމަންޓް އޮފް ޖެންޑަރ އަދި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމާޒުކޮށްގެން ހިންގާފައިވާ ތަމްރީން ޕްރޮގްރާމްތައް.
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި އިންސާނީ ހައްޤުތަކާ ގުޅޭގޮތުން، ޖަލުތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ހިންގާފައިވާ ތަމްރީން ޕްރޮގްރާމްތަކާއި ވޯރކްޝޮޕްތައް.
- އިންސާނީ ހައްޤުތަކާ ގުޅޭގޮތުން، އެކި ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާފައިވާ ތަފާތު ތަމްރީން ޕްރޮގްރާމްތައް.
- ދިވެހިރާއްޖޭގެ ތަފާތު ޤާނޫނުތަކާއި ޤަވާއިދުތަކާ ގުޅޭގޮތުން، ފަނޑިޔާރުންނާއި މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ހިންގާފައިވާ ތަމްރީން ޕްރޮގްރާމްތަކާއި ވޯރކްޝޮޕްތައް.
- އަންހެނުން ބާރުވެރިކުރުމަށްޓަކައި ހިންގާފައިވާ، ތަފާތު ތަމްރީން ޕްރޮގްރާމްތަކާއި ވޯރކްޝޮޕްތައް.
- ޖުވެނައިލް ޖަސްޓިސް އަދި ރެސްޓޮރޭޓިވް ޖަސްޓިސްއާ ގުޅޭގޮތުން ހިންގާފައިވާ، ތަފާތު ތަމްރީން ޕްރޮގްރާމްތަކާއި ވޯރކްޝޮޕްތައް.

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދަށް ލިބިވަޑައިގެންފައިވާ އިތުރު ތަޖުރިބާތަކުގެ ތެރޭގައި؛
- އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ މެންބަރު ޤައުމުތަކުގެ ތެރެއިން؛ ޖަރުމަން، އަޒަރުބައިޖާން، ރުމޭނިއާ، އަދި ސްލޮވޭނިއާ ފަދަ ޤައުމުތަކުގެ ސަރުކާރުތަކަށާއި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް (އެން.ޕީ.އެމް)ތަކަށް ލަފާދީ އެހީތެރިކަން ފޯރުކޮށްދިނުން، 2011-2018.
- 2017 ވަނަ އަހަރު، އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ "ސެމިނާރ ފޯ ސީނިއަރ އޮފިޝަލްސް އޮފް އިންޑޮނޭޝިއާގެ" ޕްރައިމަރީ ރިސޯސް ޕަރސަންކަން.
- 2016 އަދި 2013 ވަނަ އަހަރު، އިންޓަނޭޝަނަލް ކޮމިޝަން އޮފް ޖުރިސްޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ، އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އަގެއިންސްޓް ޓޯޗަރގެ "ސެމިނާރ ފޯ ސީނިއަރ އޮފިޝަލްސް (ގަވަރމަންޓް އެންޑް މިލިޓަރީ) އޮފް ތައިލޭންޑްގެ" ޕްރައިމަރީ ރިސޯސް ޕަރސަންކަން.
- 2011 ވަނަ އަހަރު، ކައުންސިލް އޮފް ޔޫރަޕްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ، "6 ވަނަ އެންޕީއެމް ތީމަޓިކް ޕޯކްޝޮޕް އޮން ވަލްނަރަބަލް ގްރޫޕްސް އިން ޑިޓެންޝަން" ގެ ރިސޯސް ޕަރސަންކަން.
- 2010 ވަނަ އަހަރު، އދ. ގެ ޑިވަލޮޕްމަންޓް ފަންޑްއިން އިންތިޒާމްކޮށްގެން ބެންކޮކްގައި ބޭއްވުނު "އެކްސެސް ޓު ޖަސްޓިސް ރީޖަނަލް ކޮންސަލްޓޭޝަން" ގެ ރިސޯސް ޕަރސަންކަން.
- 2010 ވަނަ އަހަރު، އޮފީސް އޮފް ދަ ހައި ކޮމިޝަނަރ ފޯ ހިއުމަން ރައިޓްސްއިން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ، "ޖުޑީޝަލް ކޮލޯކިއަމް ފޯ އިރާނިއަން ޖަޖަސް" ގެ ރިސޯސް ޕަރސަންކަން.
- ދިވެހިރާއްޖޭގައި ޔުނިސެފުންނާއި ޔޫ.އެން.ޑީ.ޕީ އިން ހިންގާފައިވާ ބައެއް މަސައްކަތްތަކުގައި ކޮންސަލްޓްއެއްގެ ހައިޘިއްޔަތުން ޙަރަކާތްތެރިވުން، އަދި އެ ޖަމްޢިއްޔާތަކާއި އެފަދަ އެހެން ޖަމްޢިއްޔާތަކުން ހިންގާ އެކި ޕްރޮގްރާމްތަކުގައި އެހީތެރިވެދިނުން.