ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/46 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލުކޮށްފި

08 ނޮވެންބަރު 2019   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/46 ޤަޟިއްޔާގެ ދަޢުވާ ފޯމް ބާޠިލުކޮށްފި

ހައިކޯޓުގެ ނަންބަރު 2016/HC-A/566 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބުނެ ސަބަބު ބަޔާންކޮށް އެ ނިންމުން އިސްތިއުނާފްކުރުމަށް އެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހ. ސާމަރާ، މާލެ، އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2019/SC-A/46 ޤަޟިއްޔާގެ މައްސަލަ އަނބުރާ ގެންދިއުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމަވާފައިވާކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މި ކޯޓަށް އަންގަވާފައިވާތީ، މި ކޯޓުގެ ނަންބަރު 2019/SC-A/46 ޤަޟިއްޔާގެ މައްސަލަ އިތުރަށް ކުރިއަށް ގެންދާނެތަނެއް ނެތް ކަމަށް ކަނޑައަޅައި މި މައްސަލައިގެ ދަޢުވާ ފޯމު ބާޠިލުކޮށްފިއެވެ.