ރިޕަބްލިކް އޮފް ސީޝެލްސްގެ ކޯޓު އޮފް އެޕީލްގެ ރައީސް، ޖަސްޓިސް ފްރޭންސިސް މެކްގްރެގޯ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

07 ނޮވެންބަރު 2019   ޢާއްމު , ޚަބަރުތައް  

ރިޕަބްލިކް އޮފް ސީޝެލްސްގެ ކޯޓު އޮފް އެޕީލްގެ ރައީސް، ޖަސްޓިސް ފްރޭންސިސް މެކްގްރެގޯ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފި

ރިޕަބްލިކް އޮފް ސީޝެލްސްގެ ކޯޓު އޮފް އެޕީލްގެ ރައީސް، ޖަސްޓިސް ފްރޭންސިސް މެކްގްރެގޯ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ބައްދަލުކުރައްވައިފިއެވެ.
04 ނޮވެންބަރު 2019 ވަނަ ދުވަހު 13:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި ރިޕަބްލިކް އޮފް ސީޝެލްސްގެ ސުޕްރީމް ކޯޓުގެ ހެޑް އޮފް ކްރިމިނަލް ޑިވިޜަންގެ ޖަސްޓިސް މޯހަން ނިރަންޖިތު ބުރްހާން އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.