ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

05 ނޮވެންބަރު 2019   ޢާއްމު , ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ރަސްމީ ދަތުރުފުޅެއްގައި، 02 ނޮވެންބަރު 2019 ގައި އިނގިރޭސިވިލާތަށް ފުރާވަޑައިގަންނަވައިފިއެވެ. މި ދަތުރުފުޅަކީ އިނގިރޭސިވިލާތުގައި 04 ނޮވެމްބަރ 2019 އިން 08 ނޮވެންބަރު 2019 އަށް ބޭއްވުމަށް ހަމަޖެހިފައިވާ "ޖަސްޓިސް، ފެއަރނެސް އެންޑް ދަ ރޫލް އޮފް ލޯ: ބެޓަރ ލީގަލް ސިސްޓަމްސް، ބެޓަރ ގަވަރނަންސް" ވޯރކްޝޮޕްގައި ބައިވެރިވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅެކެވެ.