ޕާކިސްތާނުގެ ފެޑެރަލް ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ އޮފް އެކެޑަމިކްސް އެންޑް ޓްރެއިނިންގް، އޮނަރަބްލް ފަނޑިޔާރު ފަޚަރް ޒަމާން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

11 އޮކްޓޫބަރު 2019   ޢާއްމު , ޚަބަރުތައް  

ޕާކިސްތާނުގެ ފެޑެރަލް ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ އޮފް އެކެޑަމިކްސް އެންޑް ޓްރެއިނިންގް، އޮނަރަބްލް ފަނޑިޔާރު ފަޚަރް ޒަމާން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއިން އިންތިޒާމްކޮށްގެސް ކުރިއަށްދާ "ޖުޑީޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް" ގެ ސެޝަންތަކުގައި ޕޭޕަރ ހުށަހަޅައި ދެއްވުމަށް ވަޑައިގެން އުޅުއްވާ ޕާކިސްތާނުގެ ފެޑެރަލް ޖުޑީޝަލް އެކަޑަމީގެ ޑިރެކްޓަރ އޮފް އެކެޑަމިކްސް އެންޑް ޓްރެއިނިންގް، އޮނަރަބްލް ފަނޑިޔާރު ފަޚަރް ޒަމާން، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.


މިއަދު 11:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، ފަނޑިޔާރު ފަނޑިޔާރު ފަޚަރް ޒަމަންއާއި ޕާކިސްތާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވައިސް އެޑްމައިރަލް ވަސީމް އަކްރަމްއާއި ޕާކިސްތާން އެމްބަސީގެ ހެޑް އޮފް ޗާންސެރީ ޛުލްޤަރްނައިނު އަޙްމަދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒު ބައިވެރިވެވަޑައިގެންނެވިއެވެ.