ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި

25 އޮކްޓޫބަރު 2019   ޢާއްމު , ޚަބަރުތައް  

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު މިސްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި މާލެ ވަޑައިގަންނަވައިފި

މިސްރުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުގެ ރަންޔޫބިލް ފުރުމުގެ މުނާސަބަތާ ގުޅުވައިގެން މިސްރުގެ ސުޕްރީމް ކޮންސިޓިއުޝަނަލް ކޯޓުން އިންތިޒާމް ކޮށްގެން ބޭއްވި "ދަ އިވޮލިއުޝަން އެންޑް ޕްރޮގްރެސް އޮފް ކޮންސްޓިޓިއުޝަނަލް އެޖުޑިކޭޝަން އެޓޭޗްމަންޓްސް އެންޑް ޗެލެންޖަސް" ގެ ނަމުގައި ބޭއްވި ރައުންޑް ޓޭބަލް މަޝްވަރާތަކުގައި ބައިވެރިވެ ވަޑައިގަތުމަށްފަހު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ. މި ރައުންޑް ޓޭބަލްގައި ބައިވެރިވެ ވަޑައިގެންނެވި ބައެއް ޤައުމުތަކުގެ އެންމެމަތީ ކޯޓު ތަމްސީލް ކުރެއްވި ފަރާތްތަކާއެކު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ. މި ޤައުމުތަކުގެ ތެރޭގައި އިންޑިއާ، ޗައިނާ، ޖޯޑަން، ޕަލަސްތީން، މޮރޮކޯ، އަލްޖީރިއާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް އަދި އިންޑޮނޭޝިއާ ހިމެނެއެވެ.