ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިޞްރުގެ ޗީފް ޖަސްޓިސް އޮނަރަބަލް ސަޢީދު މަރްޢީ އުމަރުއާ ބައްދަލުކުރައްވައިފި

23 އޮކްޓޫބަރު 2019   ޢާއްމު , ޚަބަރުތައް  

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިޞްރުގެ ޗީފް ޖަސްޓިސް އޮނަރަބަލް ސަޢީދު މަރްޢީ އުމަރުއާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮރަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިޞްރުގެ ކައިރޯއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، މިޞްރުގެ ޗީފް ޖަސްޓިސް އޮނަރަބަލް ސަޢީދު މަރްޢީ އުމަރުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި ޑެޕިއުޓީ ޗީފް ޖަސްޓިސް އޮފް ދަ ސުޕްރީމް ކޮންސްޓިޓިއުޝަނަލް ކޯޓު އޮފް އިޖިޕްޓް، އޮނަރަބަލް ޑރ. ޢާދިލް އުމަރު ޝަރީފް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.


 މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރާއި މިޞްރުގެ ޖުޑިޝަރީއާ ދެމެދުގައި އެއްބާރުލުން ވަރުގަދަކޮށް ގުޅުންބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވެވިއެވެ.