ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

21 ސެޕްޓެންބަަރު 2022   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ސަރކިއުލަރތަކާއި ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.

 

#

13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ގަވާއިދުތައް

1

ހައިކޯޓު/ އުތުރު ގޮތްޕާއި ހައިކޯޓު/ ދެކުނުގޮތްޕަށް ފަނޑިޔާރުން ހަމަޖެއްސުމާބެހޭ ގަވާއިދު (15.03.2017).

2

ޖުޑީޝަލް ކައުންސިލް ހިންގާ ގަވާއިދު .(12.12.2010)

 

 

#

13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ސަރކިއުލަރތައް

1

2015/07/SC ނަންބަރު ސަރކިއުލަރ (12.02.2015) - ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކަށް ނިސްބަތްވާ ސަރަޙައްދުތައް ކަނޑައެޅުމާގުޅޭ.

2

2015/06/SCނަންބަރު ސަރކިއުލަރ (27.01.2015) - ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމާއިގުޅޭ.

3

2015/03/SC ނަންބަރު ސަކިއުލަރ (08.01.2015) - ޙުކުމް ތަންފީޛު ކުރުމާ ގުޅޭ.

4

2011/01/SC ނަންބަރު ސަރކިއުލަރ (09.08.2011) - އަރުޝީފުގައި ރައްކާކުރެވިފައި ހުންނަ ލިޔުންތައް ދޫކުރުމާ ގުޅޭ.

 

#

13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު ޢާއްމު ސިޓީތައް

1

2018/05 ނަންބަރު ޢާއްމު ސިޓީ (14.08.2018) - ހައިކޯޓު އުތުރު ގޮފީގައި ޝަރީޢަތް ހިންގަން ފެށުމާގުޅޭ.

2

2016/05 ނަންބަރު ޢާއްމު ސިޓީ (11.02.2016) - މާލޭގައި ޤާއިމުކުރެވިފައިވާ ހައިކޯޓަށް ނިސްބަތްވާ ސަރަޙައްދުތަކުން އިސްތިއުނާފުކުރުމަށް ސީދާ މާލޭގައި ޤާއިމުކުރެވިފައިވާ ހައިކޯޓަށް ހުށަހެޅުމާގުޅޭ.

3

2016/04 ނަންބަރު ޢާއްމު ސިޓީ (19.01.2016) - ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ރަސްމީކޮށް ފެށުމާ ގުޅޭ.

4

2015/01 ނަންބަރު ޢާއްމު ސިޓީ (21.01.2015) ޙުކުމް ތަންފީޛުކުރުމާ ގުޅޭ.

5

2012/02 ނަންބަރު ޢާއްމު ސިޓީ (02.02.2012) - ޝަރީޢަތުގެ މަޖިލީހުގައި ބަދަލު ޤަބޫލުކުރުމާއި، ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުމާ ގުޅޭ.

 

#

13 ސެޕްޓެންބަރު 2022 ވަނަ ދުވަހު ބޭއްވުނު ފަނޑިޔާރުންގެ މަޖިލީހުގެ ބައްދަލުވުމުން އުވާލުމަށް ނިންމުނު އުސޫލުތައް

1

2019/02 ނަންބަރު އުސޫލު (14.02.2019) - ޝަރަފުވެރުކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުން ތަކްރީމް ކުރުމާ ގުޅޭ.

2

2022/01 ނަންބަރު އުސޫލު (16.03.2022) - ޝަރަފުވެރިކަމާއެކު ފަނޑިޔާރުކަމުން ވަކިވާ ފަނޑިޔާރުން ތަކްރީމު ކުރުމުގެ އުޞޫލުއަށް 1 ވަނަ އިޞްލާޙް ގެނައުމާ ގުޅޭ.