ބެންކޮކް ޖެނެރަލް ގައިޑަންސް ފޮރ ޖަޖަސް އޮން އެޕްލައިންގ އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ

29 މޭ 2022   ޢާއްމު , ޚަބަރުތައް  

ބެންކޮކް ޖެނެރަލް ގައިޑަންސް ފޮރ ޖަޖަސް އޮން އެޕްލައިންގ އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ

އިންޓަރނޭޝަނަލް ކޮމިޝަން އޮފް ޖޫރިސްޓްސް (އައި.ސީ.ޖޭ) އާއި ދިވެހިރާއްޖޭގެ ޖުޑިޝާރީއާ ގުޅިގެން ދިވެހިރާއްޖޭގައި 'ބެންކޮކް ޖެނެރަލް ގައިޑަންސް ފޮރ ޖަޖަސް އޮން އެޕްލައިންގ އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ސައުތު އެންޑް ސައުތުއީސްޓް އޭޝިއާ' ގެ ނަމުގައި ޖުޑީޝަލް ޑަޔަލޮގްއެއް ފެށިގެން ކުރިޔަށް ހިނގަމުން އެބަދެއެވެ. 2022 މެއި 28 އިން 29 އަށް ކުރިއަށް ގެންދެވޭ މިޑަޔަލޮގަކީ، ދިވެހިރާއްޖޭގައި މިފަދަ ޖުޑީޝަލް ޑަޔަލޮގްއެއް ބޭއްވޭ ފުރަތަމަ ފަހަރެއެވެ.

މި ޑަޔަލޮގް ފައްޓަވައިދެއްވުމުގެ ގޮތުން 28 މޭ 2022 ގައި ބޭއްވުނު ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް އަދުނާން ބައިވެރިވެވަޑައިގަންނަވާ ވާހަކަފުޅުދައްކަވާފައިވެއެވެ. އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި، ޑަޔަލޮގް ނިމި ބެންކޮކް ޖެނެރަލް ގައިޑެންސް އެޑޮޕްޓް ކުރެވިގެންދިޔުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކުރައްވާފައިވެއެވެ. އުއްތަމަ ފަނޑިޔާރުގެ އިތުރުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އާއިޝަތު ރިޒްނާވެސް މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. ދިވެހިރާއްޖޭގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު ޢަލީ ޒާހިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފެމިލީ ކޯޓުގެ އިސް ޤާޟީ ހުޒައިފާ މުޙައްމަދު އެވެ.

02 (ދޭއް) ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދެވޭ މި ޑަޔަލޮގްގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ އިތުރުން ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ، ސްރީލަންކާ އަދި ޕާކިސްތާނުގެ ސުޕްރީމް ކޯޓު، ހައިކޯޓު އަދި ޑިސްޓްރިކްޓް ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ. މި ސަރަހައްދުގެ އެކި ޤައުމުތަކުން ޖުމްލަ 30 (ތިރީސް) ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވާ މި ޑަޔަލޮގް އެކި ސެޝަންތަކަކަށް ބަހާލެވިގެން ކުރިޔަށްދާއިރު، ޑަޔަލޮގްގައި ބައިވެރިވެވަޑައިގެންނަވާ ބައެއް ފަނޑިޔާރުން ސެޝަންތައް ފެސިލިޓޭޓް ކުރައްވާގޮތަށް ހަމަޖެހިފައިވެއެވެ. މިގޮތުން "އެޕްލިކޭޝަން އޮފް އަ ޖެންޑަރ ޕަރސްޕެކްޓިވް އިން ޖުޑީޝަލް ޑިސިޝަން މޭކިން" ފެސިލިޓޭޓް ކޮށްދެއްވާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު އެވެ.