ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް އުއްތަމަ ފަނޑިޔާރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

23 ޑިސެންބަރު 2021   ޢާއްމު , ޚަބަރުތައް  

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ އަރިހަށް އުއްތަމަ ފަނޑިޔާރު އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ދިވެހިރާއްޖެއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނު އެކަމަނާގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދުގެ މެންދުރުފަހު ހޮޓެލް ޖެންގައި އޮތް މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑޮކްޓަރ މުޙައްމަދު އިބްރާހީމް، އަދި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒް ބައިވެރިވެ ވަޑައިގެންނެވިއެވެ.