ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

17 ނޮވެންބަރު 2021   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ސަރކިއުލަރތަކާއި ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ. 

 
 

#

އުވާލުމަށް ނިންމުނު ރޫލިންގ، ޢާއްމު ސިޓީ އަދި ގަވާއިދު

1

ނަންބަރު 2011/SC-RU/01 ރޫލިންގ - ޤާނޫނު ނަންބަރު 2011/4 (މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 30 ވަނަ މާއްދާއާ ގުޅިގެން ނެރެފައިވާ ރޫލިންގ.

2

ނަންބަރު 2011/09 ޢާއްމު ސިޓީ - 18 އަހަރުން ދަށުގެ ކުޑަކުދިންގެ ހެކިބަސް ނެގުމާބެހޭ.

3

ސުޕްރީމް ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ހިންގާ "ސުމޯޓޯ" ޤަޟިއްޔާތައް ހިންގުމުގައި ޢަމަލުކުރާނެ އިޖްރާއީ އުޞޫލުތައް ބަޔާންކުރާ ޤަވާޢިދު (06 ފެބުރުވަރީ 2014)