އދ. ގެ ޢާންމު މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

06 އޮކްޓޫބަރު 2021   ޢާއްމު , ޚަބަރުތައް  

އދ. ގެ ޢާންމު މަޖިލީހުގެ ރައީސް އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

 

އދ. ގެ ޢާންމު މަޖިލީހުގެ ރައީސް، މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލް އަބްދުﷲ ޝާހިދު، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާނުގެ އަރިހަށް މިއަދު އިޚުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިއަދުގެ މެންދުރުފަހު ބޭއްވުނު މި ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއް ސުޢޫދުއާއި ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒްވެސް ބައިވެރިވަޑައިގެންނެވެ.