ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

25 އޯގަސްޓް 2021   ޢާއްމު , ޚަބަރުތައް  

ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް ނިންމުންތައް އުވާލައިފި

ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ޢާއްމު ސިޓީތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.

 

#

އުވާލުމަށް ނިންމުނު ސަރކިއުލަރ، އަދި ޢާއްމު ސިޓީ

1

ނަންބަރު 2019/01/SC ސަރކިއުލަރ: "ކުޑަކުދިންގެ ޢަދުލުގެ ޤަވާޢިދު" އަށް ޢަމަލުކުރުމާ ގުޅޭ.

2

ނަންބަރު 2015/07 ޢާއްމު ސިޓީ: ކޯޓުތަކުގައި ރެކްރިއޭޝަން ޙަރަކާތްތައް ހިންގުމާ ގުޅޭ ޢާއްމު ސިޓީ (ކޯޓުތަކުގައި ރެކްރިއޭޝަން ނުވަތަ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް އިޖްތިމާޢީ ޙަރަކާތް ހިންގިދާނެކަމަށާއި، އެފަދަ ޙަރަކާތް ހިންގަންވާނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަނަށް މަޢުލޫމާތުދީގެން، އެ ޑިޕާޓްމަންޓާ ވިލަރެސް ކޮށްގެން ކަމަށާއި، ނަމަވެސް އެއްވެސް ކޯޓެއްގައި، އެއްވެސް ނަމެއްގައި، ކްލަބެއް ނުވަތަ އެހެންވެސް ޖަމާޢަތެއް ހެދުމަކީ ހުއްދަކުރެވިފައިވާ ކަމެއްނޫންކަން އަންގައި).