ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

28 މާރިޗު 2021   ޢާއްމު , ޚަބަރުތައް  

ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

ސުޕްރީމް ކޯޓުގެ ނަންބަރު 2016/07/SC (ޙާކިމްގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދިނުމާ ގުޅޭ) ސަރކިއުލަރގެ ދަށުން ޙާކިމްގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދައަށް އެދި ކޯޓުތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާއިރު ފުރިހަމަކުރަންވީ ކަންތައްތައް ބަޔާންކޮށް މިއަދު ޕްރެކްޓިސް ޑައިރެކްޝަންއެއް ނެރެފިއެވެ.

މި ޕްރެކްޓިސް ޑައިރެކްޝަންއަކީ، ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދައަށް އެދި ހުށަހަޅާއިރު ލިޔެކިޔުންތައް ފުރިހަމަވެފައި ނުވުމުގެ ސަބަބުން އެ ހުއްދަ ދިނުމުގައި ލަސްތަކެއް ކުރިމަތިވަމުންދާކަން ފާހަގަކުރެވިފައިވާތީ، އެކަމަށް ޙައްލެއް ގެނައުމުގެގޮތުން ނެރުނު ޕްރެކްޓިސް ޑައިރެކްޝަނެކެވެ.

ޕްރެކްޓިސް ޑައިރެކްޝަން ވިދާޅުވުމަށް: Practice Direction SCPD-04-2021