ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް އުވާލައިފި

18 މާރިޗު 2021   ޢާއްމު , ޚަބަރުތައް  

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލާއި ގުޅިގެން ސުޕްރީމް ކޯޓުގެ ބައެއް ނިންމުންތައް އުވާލައިފި

ސުޕްރީމް ކޯޓުން ޢާންމުކޮށްފައިވާ ނިންމުންތަކުގެ ތަރެއިން ބައެއް ނިންމުންތަކަކީ، ޤާނޫނު ނަންބަރު 2019/11 (ޤާނޫނު ނަންބަރު 2008/10 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނު) ގެ ދަށުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލުތަކާއި ގުޅިގެން މިހާރު ޢަމަލުނުކުރެވޭ ނިންމުންތަކަކަށްވާތީ، ސުޕްރީމް ކޯޓުން ނެރެފައިވާ ތިރީގައިވާ ރޫލިންގ، ސަރކިއުލަރ، ޢާއްމު ސިޓީ އަދި އުޞޫލުތައް އުވާލުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢާއްމު މަޖިލީހުން ވަނީ ނިންމާފައެވެ.

#

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް އައިސްފައިވާ ބަދަލާއި ގުޅިގެން އުވާލާ ނިންމުންތައް

1

ނަންބަރު 2008/SC-RU/01 ރޫލިންގ - ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) އަކީ ބާޠިލު އަކުރެއް ކަމަށް ކަނޑައަޅައި، 02 ޑިސެންބަރު 2008 އިން ފެށިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުން ކަމަށާއި އަދި އެ އިދާރާގެ މަސްއޫލުވެރިންނާ ޙަވާލުކުރެވޭ މަސައްކަތާ ބެހޭގޮތުން އެ ފަރާތްތަކުން ޖަވާބުދާރީވާން ޖެހޭނީވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކަމަށް ކަނޑައަޅާ

2

ނަންބަރު 2009/01/SC (18 ޖަނަވަރީ 2009) ސަރކިއުލަރ - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސައްކަތް

3

ނަންބަރު 2009/02/SC (06 އޮކްޓޫބަރު 2009) ސަރކިއުލަރ - ނަންބަރު 2009/01/SC ސަރކިއުލަރއަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ސަރކިއުލަރ

4

ނަންބަރު 2015/11/SC (31 އޮގަސްޓު 2015) ސަރކިއުލަރ - ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ޤާއިމުކުރުމާބެހޭ

5

ރާއްޖެއިން ބޭރުގައި ބޭއްވޭ ވަރކްޝޮޕް /ސެމިނަރ، ކޮންފަރެންސް ފަދަ ބައްދަލުވުންތަކާއި ތަމްރީން ޕްރޮގްރާމުތަކުގައި ޝަރުޢީ ދާއިރާއިން ބައިވެރިވުމާބެހޭ ޤަވާޢިދު

6

ނަންބަރު  2009/1 ޢާއްމު ސިޓީ – ކޯޓުތަކުގެ ނިންމުންތައް ޢާއްމުކުރުމާބެހޭ

7

ނަންބަރު 2011/03 ޢާއްމު ސިޓީ – ކޯޓުތަކުގެ މުވައްޒަފުންގެ ވަޒީފާއާބެހޭ ޢާއްމު ސިޓީ

8

ނަންބަރު  2015/01 ޢާއްމު ސިޓީ – ޙުކުމް ތަންފީޛުކުރުމާ ގުޅޭގޮތުން ނެރެފައިވާ ޢާއްމު ސިޓީ

9

ނަންބަރު 2011/07 ޢާއްމު ސިޓީ – އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް (މެމްސް) ސޮފްޓްވެއަރ ޝަރުއީ ދާއިރާގައި ބޭނުންކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ގޮތުގެ އުޞޫލު

10

ނަންބަރު 2010/05 ޢާއްމު ސިޓީ – ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ޗުއްޓީ ދިނުމުގައި ޢަމަލުކުރާނެ ގޮތް

11

ނަންބަރު 2011/02 ޢާއްމު ސިޓީ – ޑޮކްޓަރެއްގެ ސެޓްފިކެޓާއެކު ޞިއްޙީ ސަބަބަކަށްޓަކައި ފަނޑިޔާރުންގެ ޗުއްޓީ ހަމަޖެއްސުމާ ގުޅޭ

12

ނަންބަރު 2011/05 ޢާއްމު ސިޓީ – ފަނޑިޔާރުންނަށް ހައްޖު އުމްރާ ޗުއްޓީ ދިނުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު

13

ނަންބަރު  2011/10ޢާއްމު ސިޓީ – ފަނޑިޔާރުންގެ ޗުއްޓީއާ ގުޅޭ

14

ނަންބަރު 2013/04 ޢާއްމު ސިޓީ – ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީ ނަންބަރު 2010/05 އަށް 1 ވަނަ އިޞްލާޙް ގެނައުމުގެ ޢާއްމު ސިޓީ

15

ނަންބަރު 2016/01 ޢާއްމު ސިޓީ – ކޯޓުތަކުގެ ފަނޑިޔާރުންގެ ޗުއްޓީ ހަމަޖައްސަވަންވާނީ ސުޕްރީމް ކޯޓަށް ހުށަހަޅައި، ހުއްދަ ލިބިގެންކަމުގައި ދަންނަވައި ނެރެފައިވާ ޢާއްމު ސިޓީ

16

ނަންބަރު 2018/01 ޢާއްމު ސިޓީ - ޤާނޫނު ނަންބަރު 2010/13 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 64 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ފަނޑިޔާރުންގެ ޗުއްޓީ ހަމަޖެއްސުމާ ގުޅޭ

17

ނަންބަރު 2014/01 (02 އޭޕްރީލް 2014) އުޞޫލު - ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިންގުމާބެހޭ އުޞޫލު

18

ނަންބަރު 2014/02 އުޞޫލު - ދަށު ކޯޓުތަކުގެ ފަނޑިޔާރުން އަމިއްލައަށް އެދިގެން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާބެހޭ އުޞޫލު

19

ނަންބަރު 2016/01 އުޞޫލު - ދަށު ކޯޓުތަކުގެ ފަނޑިޔާރުން އެއް ކޯޓުން އަނެއް ކޯޓަށް ބަދަލުކުރުމާ ބެހޭ އުޞޫލު