ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދާއި ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

23 ފެބުރުވަރީ 2021   ޢާއްމު , ޚަބަރުތައް  

ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތާގުޅޭ ޚާއްޞަ އިރުޝާދާއި ގުޅޭ ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފި

 

ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކޯވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ ފެތުރެމުންދާތީ، ކޯޓުތަކުގެ ފަނޑިޔާރުންނާއި މުވައްޒަފުންނާއި ކޯޓުތަކުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއިއެކު ކޯޓުތަކުން ފޯރުކޮށްދޭ ޚިދުމަތް މެދުކެނޑުމެއްނެތި ލިބުން ކަށަވަރުކުރުމުގެ ގޮތުން، ސަރުކާރުން އިޢުލާންކުރައްވާފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގެ މުއްދަތުގައި، ދިވެހިރާއްޖޭގެ އެންމެހާ ކޯޓުތަކުން އެޅުމަށް އެކަށީގެންވާ ފިޔަވަޅުތައް ބަޔާންކޮށް ސުޕްރީމް ކޯޓުން މިއަދު ޕްރެކްޓިސް ޑައިރެކްޝަނެއް ނެރެފިއެވެ.

 

ޕްރެކްޓިސް ޑައިރެކްޝަން ވިދާޅުވުމަށް: Practice Direction SCPD-03-2021