ދިވެހިރާއްޖޭގެ ބާކައުންސިލުގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާ ބައްދަލުކުރައްވައިފި

31 ޖުލައި 2019   ޚަބަރުތައް  

ދިވެހިރާއްޖޭގެ ބާކައުންސިލުގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ ބާކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ބާކައުންސިލްގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރުމާއެކު ލީގަލް ފެޓަރނިޓީ އިތުރަށް ހަރުދަނާކުރުމަށް ޝަރުޢީ ދާއިރާ އާއި ބާކައުންސިލް ގުޅިގެން ކުރެވޭނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މިއަދު 10:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
މި ބައްދަލުވުމުގައި ބާކައުންސިލްގެ ރައީސް އަލްއުސްތާޛް މަޢުމޫން ޙަމީދު އާއި ނާއިބު ރައީސް އަލްއުސްތާޛް ޢަބްދުﷲ މުޢިއްޒު އާއި ދައުލަތުގެ ބަންޑާރަ ނާއިބު އަލްއުސްތާޛް އިބްރާހީމް ރިފްއަތު އާއި ބާކައުންސިލްގެ މެންބަރު އަލްއުސްތާޛާ އަނާރާ ނައީމް އާއި ބާކައުންސިލްގެ މެންބަރު އަލްއުސްތާޛާ އާއިޝާ ޝުޖޫން އާއި ބާކައުންސިލްގެ މެންބަރު އަލްއުސްތާޛް އަނަސް އަބްދުއްސައްތާރު އާއި ބާކައުންސިލްގެ މެންބަރު އަލްއުސްތާޛް މުޙައްމަދު ފައިސަލް އާއި ބާކައުންސިލްގެ މެންބަރު އަލްއުސްތާޛް މުޙައްމަދު އަސީލް ޙަސަން ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މީގެ އިތުރުން މި ބައްދަލުވުމުގައި މޯލްޑިވްސް ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛް އަޙްމަދު މާޖިދު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމް ބައިވެރިވެ ވަޑައިގެންނެވިއެވެ.