މިސްޓަރ އިމެނުއަލް ގުއިންޝާޑް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

22 ޖުލައި 2019   ޚަބަރުތައް  

މިސްޓަރ އިމެނުއަލް ގުއިންޝާޑް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާ ބައްދަލުކުރައްވައިފި

ދިވެހިރާއްޖޭގެ މަދަނީ އިޖުރާއަތުގެ ބިލު އެކުލަވާލުމަށްޓަކައި، ދިވެހިރާއްޖޭގައި މިހާރު ޢަމަލުކުރެވޭ ކަމާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޢުޞޫލުތައް ދިރާސާކުރެއްވުމަށް، އ.ދ ގެ ޑިވެލޮޕްމެންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު، އެޓާރނީ ޖެނެރަލްގެ އޮފީހަށް ކޮންސަލްޓަންޓެއްގެ ގޮތުގައި ޢައްޔަނު ކުރައްވާފައިވާ މިސްޓަރ އިމެނުއަލް ގުއިންޝާޑް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުއާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނެއް ނެތުމުން ދިމާވާ ދަތިތަކާއި އެ ދަތިތައް ހައްލުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
21 ޖުލައި 2019 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒު އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޑިރެކްޓަރ ޢާތިކާ އިބްރާހީމް އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރ ރައުފާ ހައިދަރު މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.