ޔޫއެން ރެސިޑެންޑް ކޯރޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މިސް ޝޮކޮ ނޯޑާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

13 ފެބުރުވަރީ 2019   ޚަބަރުތައް  

ޔޫއެން ރެސިޑެންޑް ކޯރޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މިސް ޝޮކޮ ނޯޑާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ޔޫއެން ރެސިޑެންޑް ކޯރޑިނޭޓަރ އަދި ޔޫ.އެން.ޑީ.ޕީގެ ރެސިޑެންޓް ރެޕްރެސެންޓޭޓިވް މިސް ޝޮކޮ ނޯޑާ، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިސް ޝޮކޮ ނޯޑާގެ މި ޒިޔާރަތުގައި ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްއާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.
މިއަދު 10:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، މިސް ޝޮކޮ ނޯޑާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް    ޑރ. ޙުސައިން ފާއިޒުއާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު ބައިވެރިވެވަޑައިގެންނެވިއެވެ.