ކޮމަންވެލްތު އެސެސްމެންޓް ސްޓާފް ސެކްރެޓޭރިއެޓް މިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

01 ފެބުރުވަރީ 2019   ޚަބަރުތައް  

ކޮމަންވެލްތު އެސެސްމެންޓް ސްޓާފް ސެކްރެޓޭރިއެޓް މިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ކޮމަންވެލްތު އެސެސްމެންޓް ސްޓާފް ސެކްރެޓޭރިއެޓް މިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. ކޮމަންވެލްތު މިޝަންގެ މި ޒިޔާރަތަކީ ދިވެހިރާއްޖެ އަލުން ކޮމަންވެލްތުގެ މެންބަރު ޤައުމަކަށްވުމުގެ މަރުޙަލާގެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ދިވެހިރާއްޖެ އެސެސް ކުރުމަށްޓަކައި ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރެއްވި ޒިޔާރަތެކެވެ.
މިއަދު 14:30 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، ކޮމަންވެލްތުގެ އޮފީސް އޮފް ސިވިލް އެންޑް ކްރިމިނަލް ޖަސްޓިސް ރިފޯމް ގެ އެޑްވައިޒަރ އަދި ހެޑް މިސްޓަރ ސްޓީވެން މެލްބައިއާއި އިލެކްޝަން ސަޕޯޓް ސެކްޝަންގެ އެޑްވައިޒަރ މިސް ކްލާރާ ކޯލްއާއި، ހިއުމަން ރައިޓްސް ޔުނިޓްގެ އެޑްވައިޒަރ މިސްޓަރ ސްމޭދާ އެކަނަޔެކެއާއި ޕަބްލިކް ސެކްޓަރ ގަވަރނަންސް ޔުނިޓްގެ އެޑްވައިޒަރ މިސްޓަރ  ޑުންސްޓަން މައިނާއާއި ޕޮލިޓިކަލް އޮފީސް، އޭޝިއާ/ޔޫރަޕް މިސްޓަރ ޖޮނަތަން ޗެންގް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މިބައްދަލުވުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒުއާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު އާއި ޑިރެކްޓަރ ޢާތިކާ އިބްރާހީމް މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.