ބްރިޓިޝް ހައި ކޮމިޝަންގެ އެކްސްޓަރނަލް ކޮންސަލްޓެންޓް މިސްޓަރ ޕޯލް މައިލްވަގަނަމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

01 ފެބުރުވަރީ 2019   ޚަބަރުތައް  

ބްރިޓިޝް ހައި ކޮމިޝަންގެ އެކްސްޓަރނަލް ކޮންސަލްޓެންޓް މިސްޓަރ ޕޯލް މައިލްވަގަނަމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

ބްރިޓިޝް ހައި ކޮމިޝަންގެ އެކްސްޓަރނަލް ކޮންސަލްޓެންޓް މިސްޓަރ ޕޯލް މައިލްވަގަނަމް، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިސްޓަރ ޕޯލް މައިލްވަގަނަމްގެ މި ޒިޔާރަތަކީ އިނގިރޭސި ސަރުކާރުގެ ފަރާތުން ދިވެހިރާއްޖެއަށް އެހީތެރިވެވިދާނެ ދާއިރާތައް ދެނެގަތުމުގެ ގޮތުން ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ކުރެއްވި ޒިޔާރަތެކެވެ.
މިއަދު 11:00 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީގެ އިތުރުން، މިސްޓަރ ޕޯލް މައިލްވަގަނަމްއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓެރީ ޖެނެރަލް ޑރ. ޙުސައިން ފާއިޒުއާއި ޖުޑީޝަލް އެކަޑަމީގެ ޗާންސެލަރ އަލްއުސްތާޛު އަޙްމަދު މާޖިދު ބައިވެރިވެވަޑައިގެންނެވިއެވެ.