މ. ސީނުކަރަންކާގެ، މާލެ މުޙައްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާއި މ. ނިޔަދުރުގެ، މާލެ، އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ޝެޑިއުލްކޮށްފި

26 ނޮވެންބަރު 2018   ޚަބަރުތައް  

މ. ސީނުކަރަންކާގެ، މާލެ މުޙައްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާއި މ. ނިޔަދުރުގެ، މާލެ، އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލަ ޝެޑިއުލްކޮށްފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-L/124 ފޯމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް މ. ސީނުކަރަންކާގެ، މާލެ މުޙައްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައިގެ އިޖުރާއީ އަޑުއެހުމެއް 27 ނޮވެންބަރު 2018 ގެ 10:30 ގައި ބޭއްވުމަށް ޝެޑިއުލްކޮށްފިއެވެ.

އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް ދަޢުވާކޮށް، މ. ނިޔަދުރުގެ، މާލެ، އަޙްމަދު ނާޡިމްގެ ފަރާތުން ހުށަހަޅާފައިވާ މި ކޯޓުގެ ނަންބަރު 2018/SC-A/52 ޤަޟިއްޔާގެ އަޑުއެހުމެއް 27 ނޮވެންބަރު 2018 ގެ 13:00 ގައި ބޭއްވުމަށް ޝެޑިއުލްކޮށްފިއެވެ.