ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ޢައްޔަންކުރައްވައިފި

28 ޖޫން 2018   ޚަބަރުތައް  

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދެ ފަނޑިޔާރުން ޢައްޔަންކުރައްވައިފި

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެންޗުން ހުސްވެފައިވާ ދެ މަޤާމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު ޢައްޔަންކުރެއްވުމާ ގުޅިގެން، މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ރަސްމިއްޔާތުގައި އެ ދެ ބޭފުޅުންވެސް މަޤާމުގެ ހުވާކުރެއްވިއެވެ. މި ދެބޭފުޅުންނަކީ ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕީރިއާ ކޯޓުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ފަނޑިޔާރުކަން ކުރައްވާފައިވާ ދެބޭފުޅުންނެވެ. މި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަލަށް ޢައްޔަންކުރެވުނު ދެ ފަނޑިޔާރުންނަށް މަޤާމުގެ ހުވާ ލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ޢަރީފްއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަ ފަނޑިޔާރާއެކު ޖުމްލަ 5 ފަނޑިޔާރުން ހިމެނޭ ގޮތަށެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އާދަމް މުޙައްމަދު ޢަބްދުﷲ އާއި، ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު އެވެ.