ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރިޕަބްލިކް އޮފް ކޮރެއާގެ ޗީފް ޖަސްޓިސް މިސްޓަރ ޔަންގް ސަންގް ޓައެ އާ ބައްދަލު ކުރައްވައިފި

20 ނޮވެންބަރު 2016   ޚަބަރުތައް  

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރިޕަބްލިކް އޮފް ކޮރެއާގެ ޗީފް ޖަސްޓިސް މިސްޓަރ ޔަންގް ސަންގް ޓައެ އާ ބައްދަލު ކުރައްވައިފި

ހައިލެވެލް ސެމިނަރ ފޮރ ފޮސްޓަރިންގ ކޯޕަރޭޝަން ވިތު ދަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު" ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ރިޕަބްލިކް އޮފް ކޮރެއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރިޕަބްލިކް އޮފް ކޮރެއާގެ ޗީފް ޖަސްޓިސް މިސްޓަރ ޔަންގް ސަންގް ޓައެ އާ މިއަދު ބައްދަލު ކުރައްވައިފިއެވެ. މި ބައްދަލުވުން އޮތީ  ދެކުނު ކޮރެއާގެ ސުޕްރީމް ކޯޓުގައެވެ.

ދެކުނު ކޮރެއާގެ ގަޑިން މިއަދު ހެނދުނު 10:00 ގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި ސުޕްރީމްކޯޓުގެ ރަޖިސްޓްރާރ މަރްޔަމް ޝަމްޢާ އިސްމާޢީލް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއަށް ކުރައްވަމުން މިގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެއާ ދެކުނު ކޮރެއާގެ ޝަރުޢީ ދާއިރާއާ ގުޅޭ ކަންކަމާމެދު ވާހަކަ ދެކެވި، ދެ ޤައުމުގެ ޖުޑިޝަރީ އިތުރަށް ކުރިއަރުވައި ތަރައްޤީ ކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރެވުނެވެ.