ލަންޑަނުގެ ރީޕާ އިންޓަރނޭޝަނަލް ޓްރެއިނިންގ ސެންޓަރުން ހިންގެވި ކޭސް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި ސީނިއަރ ރަޖިސްޓްރާރ އެނބުރި މާލެ ވަޑައިގެންފި.

22 ޖޫން 2009   ޚަބަރުތައް  

ލަންޑަނުގެ ރީޕާ އިންޓަރނޭޝަނަލް ޓްރެއިނިންގ ސެންޓަރުން ހިންގެވި ކޭސް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރެއްވުމަށްފަހު ސުޕްރީމް ކޯޓުގެ ފަނޑިޔާރާއި ސީނިއަރ ރަޖިސްޓްރާރ އެނބުރި މާލެ ވަޑައިގެންފި.

ލަންޑަނުގެ ރީޕާ އިންޓަރނޭޝަނަލް ޓްރެއިނިންގ ސެންޓަރުން ހިންގެވި ކޭސް މެނޭޖްމަންޓް ޕްރޮގްރާމް ފުރިހަމަ ކުރެއްވުމަށްފަހު 2009 ޖޫން 21 ވަނަ ދުވަހުގެ ހެދުނުގެ ވަގުތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފާއި ސީނިއަރ ރަޖިސްޓްރާރ އަލްއުސްތާޛާ އާއިޝަތު ރިޒްނާ މާލެ ވަޑައިގެންފިއެވެ. މިޕްރޮގްރާމުގައި އަލިއަޅުވާލާފައިވަނީ ކޭސް މެނޭޖްމަންޓްގެ ދާއިރާއަށް އިގިރޭސިވިލާތުގައި އަލަށް ތަޢާރަފުކުރެވިފައިފައިވާ ޓެކްނީކްތަކުގެ މައްޗަށާއި "ކޯޓުގެ ހިންގުމުގެ" ދާއިރާގެ ތަފާތު ވަޞީލަތްތަކާއި މައްސަލަތައް އަވަސް ކުރުމުގެ ގޮތުން ކުރެވިދާނެ ތަފާތު ކަންތައްތަކުގެ މައްޗަށެވެ. މީގެ ތެރޭގައި އިގިރޭސިވިލާތުގެ ކޯޓުތަކުގައި މަސައްކަތްތައް ކުރިއަށްދާގޮތާއި ބެހޭ ގޮތުންވެސް މަޢުލޫމާތު ޙިއްސާކުރެވިފައިވެއެވެ.