ހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛް މުޙައްމަދު ނިޔާޒް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކުރިފުޅުމަތީ މަޤާމުގެ ހުވާކުރައްވައިފި.

24 މޭ 2009   ޚަބަރުތައް  

ހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްކަމަށް ޢައްޔަންކުރެވުނު އަލްއުސްތާޛް މުޙައްމަދު ނިޔާޒް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ކުރިފުޅުމަތީ މަޤާމުގެ ހުވާކުރައްވައިފި.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 150 ވަނަ މާއްދާއާއި، އެއްގޮތްވާ ގޮތުގެމަތިން މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ބޭފުޅަކު މަޤާމާއި ޙަވާލުވެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީ ހުވާކުރައްވައިފިއެވެ. މިއަދު އައްޔަންކުރެވިފައި ވަނީ ހދ.އަތޮޅުގެ އިސްމެޖިސްޓްރޭޓްކަމަށް ހދ.ވައިކަރަދޫ ގްރީންވިލާ އަލްއުސްތާޛް މުޙައްމަދު ނިޔާޒް އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 24 މެއި 2009 ވަނަ ދުވަހުގެ 15:00 ގައެވެ. މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ޢަރީފް އެވެ.