ދެކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ދެބޭފުޅަކު މަޤާމުގެ ހުވާކުރައްވައިފި

24 މާރިޗު 2009   ޚަބަރުތައް  

ދެކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ދެބޭފުޅަކު މަޤާމުގެ ހުވާކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 150 ވަނަ މާއްދާއާއި، އެއްގޮތްވާ ގޮތުގެމަތިން ދެކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ދެ ބޭފުޅަކު މަޤާމާއި ޙަވާލުވެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަލްއުސްތާޛް ޢަބްދުﷲ ސަޢީދުގެ ކުރިފުޅުމަތީ ހުވާކުރައްވައިފިއެވެ. މިދެބޭފުޅުންނަކީ ގއ. އަތޮޅުގެ އިސްމެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ގއ.ގެމަނަފުށި ދުނބުރިމާގެ އަލްއުސްތާޛް ޙުސައިން މަޒީދު އާއި ނ.ވެލިދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމަށް ޢައްޔަންކުރެވުނު ސ.މީދޫ އަބްލަޣީވާދީ އަލްފާޟިލް ޙުސައިން ރަޝީދު އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 24 މާރޗް 2009 ވަނަ ދުވަހުގެ 14:00 ގައެވެ. މިބޭފުންނަށް މަޤާމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ޔޫސުފް ހުސައިން އެވެ.