އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޤާޟީކަމުގެ ހުވާކުރައްވައިފި

22 ޖަނަވަރީ 2009   ޚަބަރުތައް  

އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު ޤާޟީކަމުގެ ހުވާކުރައްވައިފި

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 150 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތީން، މަދަނީ ކޯޓަށް ޢައްޔަންކުރެވުނު ޤާޟީ އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދު މަޤާމާ ޙަވާލުވެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ކުރިފުޅުމަތީ ހުވާކުރައްވައިފިއެވެ.

ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ ދިވެހިރާއްޖޭގެ ސުޕްރިމް ކޯޓުގައި ‏22‏ ޖެނުއަރީ‏ 2009 ވަނަ ދުވަހުގެ 13:10 ގައެވެ. މަޤާމުގެ ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙައްމަދު ޢަބްދުﷲ އެވެ.