މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 10 ވަނަ ބުރު މިއަދު ނިންމާލައިފި

25 ސެޕްޓެންބަަރު 2022   ޢާއްމު , ޚަބަރުތައް  

މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ތަމްރީން ޕްރޮގްރާމްގެ 10 ވަނަ ބުރު މިއަދު ނިންމާލައިފި

ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ 10 ވަނަ ބުރު މިއަދު ނިންމާލައިފިއެވެ.

ޅ، ވ، މ، އަދި ދ. އަތޮޅުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.

ބައިވެރިންނާ މުޚާތަބުކުރައްވައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނަކީ ޝަރީޢަތްކުރުމުގެ ނިޒާމުގެ ތެރެއަށް އާ ކަންތައްތަކެއް ތައާރަފުކޮށް، ނިޒާމީ ބަދަލުތަކެއް ގެނެސްފައިވާ ޤާނޫނެއްކަމަށާއި އަދި އެ ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުންކަން ފާހަގަކުރެއްވިއެވެ.

ކޮންމެ ބަދަލަކީވެސް މަސައްކަތް ބިނާކޮށްފައިވާ ގޮތަށް ބަދަލުތަކެއް ގެނުވާނަމަ، އެ ބަދަލެއްގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ބަދަލެއް ނަމަވެސް، އަޅުގަނޑުމެންގެ ޒިންމާއަކަށް ވާނީ އަޅުގަނޑުމެންގެ ވިސްނުމާއި މަސައްކަތް އަދާހަމަކޮށް އިތުރަށް ހަރުދަނާކުރުންކަން ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ކޯޓުތަކުގެ އަމާޒަކަށްވާންވާނީ، ޚިދުމަތްތެރިންގެ ހައިސިއްޔަތުން، ޢާންމުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެގޮތަށް ކަންކަން ބައްޓަންކުރުންކަމަށާއި، އެކަން ކުރެވޭނީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިގޮތުން، އަމަލީގޮތުން ކުރިމަތިވާ ކަންކަމާއި، އެއިގެ ހައްލާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް އަމާޒުވާ އެންމެ އާންމު ޝަކުވާތަކަކީ މައްސަލަތައް ލަސްވުމާއި އެއް ބާވަތުގެ މައްސަލަތަކުގައި އެކިގޮތަށް ހުކުމްކުރުންކަން ފާހަގަކުރެއްވިއެވެ. މައްސަލަ ލަސްވުމާގުޅޭ ޝަކުވާތަކަށް އެންމެ އެދެވޭ ހައްލަކީ، މައްސަލަތައް އެކަށޭނަ ގޮތަކަށް ދުރާލާ ތާވަލުކޮށް، ކޮންމެ މައްސަލައެއް ވެސް ކުރިއަށް ދާނެގޮތް ޚަސްމުންނަށް އެނގިފައި އޮތުންކަމަށާއި، އެއީ، ގިނަ ފަހަރު މައްސަލަ ލަސްވުމުގެ ޝަކުވާއަކީ މައްސަލަ ކުރިއަށް ދާނެ ގޮތާބެހޭ މަޢުލޫމާތު ބުނެދެވިފައި ނުވުމުން ކުރިމަތިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ޢަމަލުކުރަމުންމިދާ މަދަނީ އިޖުރާއަތުގައި މިފަދައިން މައްސަލަތައް ތާވަލުކޮށް ކުރިއަށް ގެންދިއުމަށް ބާރުއަޅާކަން ފާހަގަކުރައްވައި، ކޯޓުތަކުގެ މަސައްކަތް އެ މިންގަނޑުން ހަމަޖައްސަމުން ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.

މީގެ އިތުރުން، އެއްބާވަތުގެ މައްސަލަތަކުގައި ތަފާތު ޙުކުމް ކުރުމާ ގުޅިގެން ކުރިމަތިވާ ޝަކުވާއަށް ހައްލެއް ލިބޭނީ، އެއްގޮތް ވާގިއާތަކެއް ހުންނަ މައްސަލަތަކުގައި އެއް މިންގަނޑަކުން ޙުކުމްކުރުމުން ކަމަށާއި، އަދި އެއް ބާވަތުގެ ނަމަވެސް، ތަފާތު ހާލަތްތަކެއް ހުރި މައްސަލަތަކަށް ހުކުމްކުރުމުގައި، އެ މައްސަލައާއި އެ މައްސަލައާ އެއްގޮތް މައްސަލައިގައި ހުރި ތަފާތަކީ ކޮބައިކަން ބަޔާންކޮށް، އެ ތަފާތު ޙާލަތުގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރާ ގޮތް ނިންމުމުގައި ބަޔާންކޮށްދޭންވާނެކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، މަތީ މަރުޙަލާތަކުގެ ކޯޓުތަކުގެ ނިންމުންތައް ދިރާސާކޮށް، އެ ނިންމުންތަކަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.

ފަނޑިޔާރުންނާއި ފަނޑިޔާރުގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމާޒަކަށް ވާންވާނީ، ފަނޑިޔާރުގެއިން ދޭންޖެހޭ ޚިދުމަތް، އެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފެންވަރުގައި، އެކަމުގައި ސުވާލު އުފެއްދުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެގޮތެއްގެ މަތިން ފޯރުކޮށްދިނުންކަން އަބަދުވެސް ހަނދާން ކުރަންވާނެކަން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.ފަނޑިޔާރުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޖުޑީޝަލް އެކަޑަމީން ސިލްސިލާކޮށް ކުރިއަށްގެންދާ މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމްގެ 10 ވަނަ ބުރު މިއަދު ނިންމާލައިފިއެވެ.

 

ޅ، ވ، މ، އަދި ދ. އަތޮޅުގެ މެޖިސްޓްރޭޓުންނާއި މުވައްޒަފުންނަށް އަމާޒުކޮށް ކުރިއަށްގެންދެވުނު މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛާ ޢާއިޝާ ޝުޖޫން މުޙައްމަދުއެވެ.

 

ބައިވެރިންނާ މުޚާތަބުކުރައްވައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ދެއްކެވި ވާހަކަފުޅުގައި، މަދަނީ އިޖުރާއަތުގެ ޤާނޫނަށް އަމަލުކުރަން ފަށާފައިވާއިރު، އެ ޤާނޫނަކީ ޝަރީޢަތްކުރުމުގެ ނިޒާމުގެ ތެރެއަށް އާ ކަންތައްތަކެއް ތައާރަފުކޮށް، ނިޒާމީ ބަދަލުތަކެއް ގެނެސްފައިވާ ޤާނޫނެއްކަމަށާއި އަދި އެ ޤާނޫނުގެ މަޤްޞަދަކީ ޝަރީޢަތަށް ހުށަހެޅޭ މަދަނީ މައްސަލަތައް، ޢަދުލުވެރިކަމާއި ހާމަކަމާއެކު، އަދި އެކަށީގެންވާ އަވަސް މިނެއްގައި ބަލައި، ގޮތެއް ނިންމުމަށް މަގުފަހިކުރުންކަން ފާހަގަކުރެއްވިއެވެ.

 

ކޮންމެ ބަދަލަކީވެސް މަސައްކަތް ބިނާކޮށްފައިވާ ގޮތަށް ބަދަލުތަކެއް ގެނުވާނަމަ، އެ ބަދަލެއްގެ ސަބަބުން ގޮންޖެހުންތަކެއް ކުރިމަތިކުރުވާ ބަދަލެއް ނަމަވެސް، އަޅުގަނޑުމެންގެ ޒިންމާއަކަށް ވާނީ އަޅުގަނޑުމެންގެ ވިސްނުމާއި މަސައްކަތް އަދާހަމަކޮށް އިތުރަށް ހަރުދަނާކުރުންކަން ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ކޯޓުތަކުގެ އަމާޒަކަށްވާންވާނީ، ޚިދުމަތްތެރިންގެ ހައިސިއްޔަތުން، ޢާންމުންނަށް ފަސޭހައިން ޚިދުމަތް ލިބިގަނެވޭނެގޮތަށް ކަންކަން ބައްޓަންކުރުންކަމަށާއި، އެކަން ކުރެވޭނީ އެންމެން ގުޅިގެން އެކުގައި މަސައްކަތްކޮށްގެންކަން ފަނޑިޔާރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި މިގޮތުން، އަމަލީގޮތުން ކުރިމަތިވާ ކަންކަމާއި، އެއިގެ ހައްލާ ގުޅޭގޮތުން މަޝްވަރާކޮށް އެކަންކަމުގެ މަޢުލޫމާތު އެކަކު އަނެކަކާ ހިއްސާކުރުމުގެ ބޭނުންތެރިކަން ފާހަގަކުރައްވައި، އެކަން އެގޮތުގައި ކުރިއަށް ގެންދިއުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވެސް އިލްތިމާސްކުރެއްވިއެވެ.

 

ފަނޑިޔާރުންނާއި ފަނޑިޔާރުގެއަށް އަމާޒުވާ އެންމެ އާންމު ޝަކުވާތަކަކީ މައްސަލަތައް ލަސްވުމާއި އެއް ބާވަތުގެ މައްސަލަތަކުގައި އެކިގޮތަށް ހުކުމްކުރުންކަން ފާހަގަކުރެއްވިއެވެ. މައްސަލަ ލަސްވުމާގުޅޭ ޝަކުވާތަކަށް އެންމެ އެދެވޭ ހައްލަކީ، މައްސަލަތައް އެކަށޭނަ ގޮތަކަށް ދުރާލާ ތާވަލުކޮށް، ކޮންމެ މައްސަލައެއް ވެސް ކުރިއަށް ދާނެގޮތް ޚަސްމުންނަށް އެނގިފައި އޮތުންކަމަށާއި، އެއީ، ގިނަ ފަހަރު މައްސަލަ ލަސްވުމުގެ ޝަކުވާއަކީ މައްސަލަ ކުރިއަށް ދާނެ ގޮތާބެހޭ މަޢުލޫމާތު ބުނެދެވިފައި ނުވުމުން ކުރިމަތިވާ ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު ޢަމަލުކުރަމުންމިދާ މަދަނީ އިޖުރާއަތުގައި މިފަދައިން މައްސަލަތައް ތާވަލުކޮށް ކުރިއަށް ގެންދިއުމަށް ބާރުއަޅާކަން ފާހަގަކުރައްވައި، ކޯޓުތަކުގެ މަސައްކަތް އެ މިންގަނޑުން ހަމަޖައްސަމުން ގެންދިއުމަށް އިލްތިމާސްކުރެއްވިއެވެ.

 

މީގެ އިތުރުން، އެއްބާވަތުގެ މައްސަލަތަކުގައި ތަފާތު ޙުކުމް ކުރުމާ ގުޅިގެން ކުރިމަތިވާ ޝަކުވާއަށް ހައްލެއް ލިބޭނީ، އެއްގޮތް ވާގިއާތަކެއް ހުންނަ މައްސަލަތަކުގައި އެއް މިންގަނޑަކުން ޙުކުމްކުރުމުން ކަމަށާއި، އަދި އެއް ބާވަތުގެ ނަމަވެސް، ތަފާތު ހާލަތްތަކެއް ހުރި މައްސަލަތަކަށް ހުކުމްކުރުމުގައި، އެ މައްސަލައާއި އެ މައްސަލައާ އެއްގޮތް މައްސަލައިގައި ހުރި ތަފާތަކީ ކޮބައިކަން ބަޔާންކޮށް، އެ ތަފާތު ޙާލަތުގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރާ ގޮތް ނިންމުމުގައި ބަޔާންކޮށްދޭންވާނެކަން ފާހަގަކުރެއްވިއެވެ. އަދި ހަމަ އެހެންމެ، މަތީ މަރުޙަލާތަކުގެ ކޯޓުތަކުގެ ނިންމުންތައް ދިރާސާކޮށް، އެ ނިންމުންތަކަށް ތަބާވުމުގެ މުހިންމުކަމުގެ މައްޗަށްވެސް އަލިއަޅުއްވައިލެއްވިއެވެ.

ފަނޑިޔާރުންނާއި ފަނޑިޔާރުގޭގައި މަސައްކަތްކުރާ މުވައްޒަފުންގެ އަމާޒަކަށް ވާންވާނީ، ފަނޑިޔާރުގެއިން ދޭންޖެހޭ ޚިދުމަތް، އެ ޚިދުމަތް ފޯރުކޮށްދޭންޖެހޭ ފެންވަރުގައި، އެކަމުގައި ސުވާލު އުފެއްދުމުގެ ފުރުސަތު ވީހާވެސް ކުޑަވާނެގޮތެއްގެ މަތިން ފޯރުކޮށްދިނުންކަން އަބަދުވެސް ހަނދާން ކުރަންވާނެކަން ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.